Thursday, May 14, 2009

ތަފާތު ކުރުން ނައްތާލަމާތޯ!!!!

ހުޅަނގުގެ އެންމެހާ ހަޟާރާތްތަކުގައިވެސް އެންމެ ރަޙުމްކުޑަގޮތެއްގައި ކުރެވެމުން އައި ކަމަކީ ނަސްލީ އިމްތިޔާޒެވެ. ކަޅާއި ދޮނުގެ ތަފާތުކުރުމެވެ. ކަޅުމީހަކު ދޮން މީހަކާ އިނުމަކީ އެއްގޮތަކަށްވެސް އެމީހުންގެ ސަޤާފަތް ޤަބޫލުކުރާކަމަކަށް ނުވެއެވެ. "ސްޓޭންޑް އެގެއިންސްޓް ރޭސިޒަމް" މިނަމުގައި ތަފާތު ފެއަރ ތަކާއި އެވއަރނެސް ޕްރޮގްރާމްތައް ހިންގިނަމަވެސް މިއީ ހުޅަނގުގެ އެއްވެސް ޤައުމެއްގައި ވެސް އަދި ދެކުނު އެމެރިކާގެ ޤައުމު ތަކުންވެސް ނެތިގެެން ދާނޭ ކމެއް ކަމުގައި ބުނުން އެއީ ކޮސްގޮވުން ނޫން ކަމަކަށް ނުވާނެއެވެ.

އަޅުގަނޑުގެ މިޕޯސްޓަކީ އެއްގޮތަކަށްވެސް ހުޅަނގުގެ ކާފިރުންގެ ތެރޭގައި އޮތް ތަފާތުކުރުން ތައް ހާމަ ކުރުމުގެ މަޤްޞަދުގައި ލިޔެފައިވާ ލިޔުމެއްނޫނެވެ. މިލިޔުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ކިޔާލަދެން ބޭނުންވަނީ ދިވެހިރާއްޖޭގައި ތަފާތުކުރުމުގެ ކަންތައް ގޮސްފައިވާ ހިސާބެވެ. އެއްގޮތަކަށްވެސް މިދައްކަނީ ދިވެހިރާއްޖޭގައި ނަސްލީ އިމްތިޔާޒު އޮތް ވާހަކަ އެއް ނޫނެވެ. މި ދަންނަވާ ތަފާތުކުރުމަކީ ތިޔައިން އެއްވެސް ބޭފުޅަކަށް އޮޅިފައި އޮވެގެންނުވާނޭ ހަޤީޤަތެއް ކަމުގައިވާ، ޒަމާނުއްސުރެ މިޤައުމުގައި މާލޭގެ ރައްޔިތުންނާއި އަތޮޅުތަކުގެ ރަށްތަކަށް ނިސްބަތްވާ ރައްޔިތުންގެ ތަފާތުކުރި އަދި ކުރަމުން އަންނަ ކުރުމެވެ.

މާލޭގެ ރައްޔިތުންނަކީ މާމާތް މާކަރާމަތްތެރި، އެބަޔެއްގެ އަޅުންނަށް ރާއްޖެތެރޭގެ ނިކަމެތިންނާއި އެމީހުންގެ ދަރިން ހަދައިގެން އުޅޭ އުޅުމަކީ މިހާރުވެސް ނުފެންނަ ކަމެކޭ ބުނުން ރަނގަޅެއް ނުވާނެއެވެ. ރާއްޖެތެރޭގެ ރައްޔިތުންނަކީ ފަސް ކުޅަނދު ހަމަނުވާ ބަޔެކޭ، ގަމާރުންނޭ ކިޔާ ކުރާ ފުރައްސާރަތަކަކީ މިހާރު ޤައިމުވެސް އެއިން އެކަކަށްވެސް އާކަމަކަށޤ ނުވާނެއެވެ. އަދި ކީއްތޯއެވެ. މާލޭ މީހުން އެކަކު އަނެކަކު ކުރާ މޮޔަކަންތައްތައްތަކަށް ނުވަތަ ނާތަޙުޒީބު ކަންތައްތައްތަކަށް ޖޯކު ޖަހާލުމުގެ ގޮތުންވެސް ބޭނުން ކުރާނީ "ކަލޭ ހާދަ ރާއްޖެތެރެއޭ" މި ލަފްޒެވެ. "ރާއްޖެތެރެ" މިލަފްޒު ވަނީ ގުރައިދޫ މޮޔައިންގެ ކޮށީގައި ތިބޭ މީހުންނާއި ވިސްނުމުގެ ގޮތުން ހަމަހަމަކުރުމަށް އެމީހުން ބޭނުންކުރާ ލަފްޒަކަށެވެ. މިހުރިހާ މަލާމާތް ތަކާއި ފިއްތުން ތަކުން ސަލާމާތްވުމަށްޓަކައި ރާއްޖެތެރޭ ކޮންމެ ރައްޔިތަކުވެސް މާލޭ ފަސްގަނޑުގައި ފައިޖެހުމުން އަވަހަށް ބަލަނީ މާލޭގެ ރައްޔިތަކަށް ވެވޭތޯއެވެ. ދަފްތަރު ނުވަތަ މާލޭގެ އެހެންވެސް ގެއެއްގެ ނަމުގައެވެ. މިހެރަ މިހެރަ ހިތްދަތި އިޙްސާސް ތަކުގެ ޒިންމާ ނަނގާނީ ކާކުތޯއެވެ.ރާއްޖެތެރޭގެ ރައްޔިތުން އެކަހެރި ކޮށް، މާލޭ ރައްޔިތުންނަށް ހުޅުމާލޭގައި ފްލެޓް އަޅައިދިން ސަރުކާރުތޯއެވެ. ނުވަތަ ފްލެޓުން ސުވަރުގެ އެޅުމުގެ ހުވަފެން ދައްކަމުން އަންނަ ސަރުކާރުތޯއެވެ. ވާހަކައެވެ.

މިކަމާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދޭ ހަމަ އެންމެ ސުވާލެއް އެބައޮތެވެ. މާލޭމީހުންގެ އަތުގައި އެމީހުން އެހާވަރަށް ފަޙުރުވެރި ވާވަރުގެ އޮތީ ކޮންއެއްޗެއްތޯއެވެ؟ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދައިގެން އެއުޅެނީ އެނިކަމެތި ގަމާރު ފަސްކުޅަނދުހަމަނުވާ ރާއްޖެ ތެރޭގެ ރައްޔިތުން ގެ ފައިސާއިންނެވެ. ވީއިރު އުފެއްދުންތެރި ސިކުނޑި ތަކުގެ އަޙުލުވެރީންނަކީ ކޮންބައެއްތޯއެވެ.؟

ތިޔަ މަލާމާތްތަކުން ކުރާނެ އެއްވެސް އަސަރެއްނެތެވެ. ސަބަބަކީ ހަމަކަށަވަރުން ﷲ ގެ ހަޟްރަތުގައި ތަފާތު ކުރުންވަނީ ހަމައެކަނި ތަޤްވާވެރިކަމަށް ރިޢާޔަތްކޮށެވެ.

No comments:

Post a Comment